މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 ޖޫން 2023 - 16:11

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރު ފަށްޓައިފި

  • ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓައިފި
  • މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވާނެ

ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ބ.އަތޮޅު ޖީލުތަކަށް ގެންދިއުމަށް ދަރިވަރުންގެ ހިއްސާ ބޮޑު: ޝައުނާ

  • ބ.އަތޮޅުގެ ވެށީގެ ހިތްގައިމުކަމާއި ކަނޑުގެ ދިރުމުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ގެންދިއުމަށް މިއަދުގެ ކިޔަވާ ކުދިންގެ ހިއްސާ ބޮޑުކުރަން ޖެހޭކަަމަށް ޝައުނާ ބުނެފި
  • މިނިސްޓަރ މިހެން ވިދާޅުވީ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2021-2022 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަމުން

އިންޓަރނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ހުއްދަ އެސްޓީއޯއަށް ލިބިއްޖެ

  • އެސް.ޓީ.އޯއަށް އިންޓަރނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ހުއްދަ މިހާރު ލިބިފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ބުނެފި 
  • ސައީދު މިހެން ބުނީ އެސް.ޓީ.އޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަމުން

ޗާގޯސް މައްސަލައިގައި ނުރުހުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވައިފި

  • ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްގެ ނިންމުމާގުޅިގެން ނުރުހުންފާޅުކޮށް އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވައިފި
  • އިދިކޮޅު ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގެ ފަރާތުން “ބާނަ ބާނަ ތިއްބާ ތިޔަވިއްކާލީ ކަނޑު” މި ނަމުގައި މި ޖަލްސާ ބާއްވާފައި ވަނީ ކާނިވާ ސަރަހައްދުގައި

ހޮރައިޒިއާ 2 އަޑިއަށް ދިޔަ ހިސާބުން ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

  •  މި ހާދިސާގައި ރޯވެ އަޑިއަށް ގޮސްފައިވަނީ ވިޔަފާރި މުދާ ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް
  • މި ބޯޓުގައި އަލިފާން ރޯވެފައިވަނީ ބ. އަތޮޅު ފޯ ސީޒަން ރިސޯޓް (ލަނޑާ ގިރާވަރު) އުތުރުން 3.04 ނޯޓިކަލް މޭލު ބޭރުން
ރިއެކްޝަންސް
0
0
0
0
0
0
0