Aamdhanee Hoadhan Geygeinkuraa Masahkai Registerkuran Laazimehnoon: Economic Ministry

3 ސެޕްޓެމްބަރ 2020 - 7:45

އާމްދަނީ ހޯދަން ގޭގައިކުރާ މަސައްކަތްތަކަކީ ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްކެއްކަމަށް އިކޮނޮމިކް މިނިސްޓްރީއިން ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޯމަދުވަހު ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ހިދުމަތްދޭ ފަރާތްތަކަށް ރަސިޓަރވުމަށް އަންގާ، ރެޖިސްޓަރީނުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅުއަޅާނޭކަމަށަވެސްވަނީ ބުނެފައެވެ.

advertisement

 ކޮވިޑް-19 ގެ ސަބަބުން އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެޗްޕީއޭގެ އިއުލާންއާއި ގުޅިގެން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށަފައެވެ. ރެސްޓޯރަން އެސޯސިއޭޝަންއޮފް މޯލްޑިވްސް އަދި ބޮޑެތި ރެސްޓޯރަންތަކުން އެކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާއިތަކަށްދޭ ހަމަލާއެއްކަމަށް ގިނަބަޔަކު ތުހުމަތުކުރަމުންދެއެވެ.

އިކޮނޮމިކް މިނިސްޓްރީއިން އިއްޔަ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ދެވިފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަންބޭނުންވާ ފަރާތްތަކަށް ވަގުތީ ގޮތުން އަދި ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތު އޮވެއެވެ.

ބަޔާންއާއި ގުޅުވައިގެން އެކޮނޮމިކް މިނިސްޓަރ އިސްމާއީލް ފައްޔާޒް ވިދާޅުވެފައިވަނީ ގޭގައި ކުރާ އަމިއްލަ މަސައްކަތް ރަޖިސްޓްރީކުރުމަކީ ޤާނޫނީ ގޮތުން ލާޒިމްކަމެއް ނޫންކަމަށެވެ. އަދި ހާލަތާއި ގުޅިގެން އުޖޫރައެއް ކަނޑައެޅުމަށް ހެޗްޕީއޭއާއި އެކު މަޝްވަރާތަށް ކުރެވެމުންދާކަމަށްވެސް މިނިސްޓަރ ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ގޭގައި ތިބެގެން އާމްދަނީހޯދަމުންދާ ފަރާތްތަކަށް މަރުހަބާކިޔާފައިވެއެވެ. މިނިސްޓްރީއިން ބުނިގޮތުގައި ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ ގަވާއިދާ އެއްގޮތަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަސިޖްޓްރީކުރުމަށްފަހުގައެވެ. އެހެންނަމަވެސް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް އެކޮނޮމިކް މިނިސްޓްރީއިން އިލްތިމާޒްކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0