Indiage Kureege Raees Avahaara Vumaaigulhigen Hulhuvaafaivaa Thauziyaage Dhaftarugai Foreign Minister Soikurahvaifi

3 ސެޕްޓެމްބަރ 2020 - 16:38

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހަރާވުމާ ގުޅިގެން މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފިއެވެ.

ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރ ޝާހިދު ލިޔުއްވި މެސެޖްގައި، އިންޑިއާގެ 13 ވަނަ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ރައީސް މުކަރްޖީ އިންޑިއާގެ ޚާރިޖީ ވަޒީރުކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި މިނިސްޓަރ ޝާހިދުވެސް ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައި، ދެބޭފުޅުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އުފާ ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު 2007 ވަނަ އަހަރު އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މަރުޙަބާ ދެންނެވީ ރައީސް މުކަރްޖީކަންވެސް ފާހަގަކުރެއްވިއެވެ.

advertisement
advertisement
advertisement
advertisement

އިންޑިއާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސް ޕްރަނާބް މުކަރްޖީގެ އާއިލާއަށް މިނިސްޓަރ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0