Flymege Bainalagvaamee Furathama Dhathuru Colombo Ah!

5 ސެޕްޓެމްބަރ 2020 - 15:39

ވިލާ އެއާގެ ފްލައިމީ އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ކޮމާޝަލް ދަތުރުތައް ފަށައިފިއެވެ.

ފްލައިމީ އިން އިއްޔެ ވަނީ ރާއްޖެ އާއި ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓްއާ ދެމެދު ދަތުރުކޮށްފައެވެ. ފްލައިމީ އިން ބުނީ ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ މެންދުރު ކުރި ދަތުރަކީ ޗާޓަރު ދަތުރެއް ކަމަށެވެ.

advertisement

ފްލައިމީގެ އޭޓީއާރު 600-72 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓްކޮށްފައި ވަނީ މުޅިން ވެސް ދިވެހި މުވައްޒަފުން ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ 72 ފަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

ފްލައިމީ އިން ބުނީ މި ދަތުރުކުރުމުގެ ކުރިން ނަގަންޖެހޭ ހުއްދަތައް ނަގާފައިވާ ކަމަށާއި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެ އެއާލައިނުން ބުނީ ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ ހޯދުމަށް މިދިޔަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޝެޑިއުލް ދަތުރުތައް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ އެއާލައިނުން ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންކާގެ ރަތުމަލާ އެއާޕޯޓާ ދެމެދުގައި ކަމަށް ވެސް އެ އެއާލައިނުން މައުލޫމާތު ދެއެވެ. ކޮރޯނާއާ ގުޅިގެން ބަންދުކޮށްފައިވާ ލަންކާގެ ބޯޑަރު ހުޅުވައިލުމާ އެކު މި ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މީގެ އިތުރުން އިންޑިއާ އަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ވެސް ފްލައިމީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދަތުރުތަކާ އެކު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން އުންމީދުކުރެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0