Trivandum ah Alun Dhathuruthah Feshumah Maldivian Thahyaaruvehjje

5 ސެޕްޓެމްބަރ 2020 - 16:39

ރާއްޖެ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާ ދެމެދު އަލުން ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަންލަ އެޕޯޓާއި ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރަމުން އައި ދަތުރުތައް މޯލްޑިވިއަނުން ހުއްޓާނީ ކޮރޯނާއާ ގުޅިގެން ބޯޑަރު ބަންދުކުރުމުންނެވެ. މޯލްޑިވިއަންގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ޓިކެޓެއް ވިއްކަނީ 325 ޑޮލަރަށެވެ.

advertisement

މޯލްޑިވިއަން އިން ހަފުތާއަކު ދެ ދަތުރު ކުރުމަށް ހަމަޖައްސާފައިވާ އިރު ދަތުރުތައް ބާއްވާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖައްސާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް އެ އެއާލައިނުން ބުނެފައި ވެއެވެ.

މޯލްޑިވިއަން އިން ދަތުރުކުރެވޭނީ އިންޑިއާ އިން ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްގޮތަށް ވިސާ އޮންނަ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި 24 ގަޑިއިރު ކުރިން ރަޖިސްޓްރީ ކުރަންޖެހެއެވެ.

ބައިނަލްއަގުވާމީ މަންޒިލްތަކަށް މޯލްޑިވިއަން އިން ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮރޯނާ ވައިރަސްއާ ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެންނެވެ. ނަމަވެސް އެ އެއާލައިނުން އަންނަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން ގައުމަށް ދާން ބޭނުން ފަރާތްތައް ގެންދިއުމަށް ޑާކާ އަށް ދަތުރުތައް ކުރަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0