Dhiraagu Streaming Bundlethakugai Mihaaru Tiktok Himeney!

6 ސެޕްޓެމްބަރ 2020 - 9:36

ދިރާގު މޯބައިލް ކަސްޓަމަރުންނަށް ޚާއްސަ ސްޓްރީމިންގ ބަންޑަލްތަކުގައި ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށް ވާ “ޓިކްޓޮކް” ހިމަނައިފިއެވެ. މި ސްޓްރީމިންގ ބަންޑަލްގައި ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިންގ އެޕްލިކޭޝަންތައްވެސް ހިމެނެއެވެ.

ދިރާގުން ބުނާގޮތުގައި 5 ސެޕްޓެމްބަރ 2020 އިން ފެށިގެން މި ބަންޑަލްތަށް މަދުވެގެން 65 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭނެއެވެ.

advertisement

Streaming Bundles Price Allowance (GB) Validity Keyword
Stream 4GB 65 4 5 days STR-4GB
Stream 10GB 250 10 30 days STR-10GB
Stream 25GB 375 25 30 days STR-25GB

ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް “ކީވޯރޑް” އެސްއެމްއެސް ކޮށްގެން މި ބަންޑަލްތަށް އެކްޓިވޭޓް ކުރެވޭނެއެވެ.

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައިވެސް ވަރަށް މަޤުބޫލު އެޕެކެވެ. މި އެޕްލިކޭޝަނަކީ ހަމައެކަނި ފަރި ހަރަކާތް ތަކާއި ތަފާތު ހުނަރު ދައްކާލާ އެޕްލިކޭޝަނެއް އެކަންޔެއް ނޫނެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް ފައިސާވެސް ހޯދެއެވެ. ޓިކްޓޮކް އަކީ މިހާރު އެންމެ ފުޅާދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ. 

ދިރާގުން މަސައްކަތްކުރަމުން އަންނަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0