Raeesge Hashikolhugai Alifaanjahaa Gehlundheyn Govaali Meehaa Haiyyarukohfi

6 ސެޕްޓެމްބަރ 2020 - 12:30

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާންޖަހައި ގެއްލުންދޭންޖެހޭލަމަށް ޗެނަލް 13 އިން ގެނެސްދޭ “ރައްޔިތުންގެ އަޑު” ޕްރޮގްރާމްގައި ގޮވާލި މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަމުން އެ މީހާ ބުނެފައިވަނީ، ވެރިކަން އަވަހަށް ނައްތާލަންވީ ކަމަށާއި ރައީސްގެ ހަށިކޮޅުގައި ހުޅު ޖަހަންވީ ކަމަށެވެ.

advertisement

ފުލުހުން މައުލޫމާތު ދިންގޮތުގައި، ކޯޓު އަމުރަކަށް މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާއި ގުޅިގެން ޗެނަލް 13 އިން މާފަށްއެދިފައިވީނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް) އިން އަންނަނީ އެ ޗެނަލްގެ މައްސަލަ ތައުޤީޤުކުރަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0