COVID-19 in Viyafaarithakah Libunu Gehlumun Araigathumah 790.5 Million Rufiya Dhookohfi

6 ސެޕްޓެމްބަރ 2020 - 16:31

ކޯވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް “ރިކަވަރީ ލޯނު ސްކީމް”ގެ ދަށުން މިހާތަނަށް 790.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެސް.ޑީ.އެފް.ސީ މެދުވެރިކޮށެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ.

advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް 367 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ ޖުމްލަ 522.2 މިލިއަން ރުފިޔާއާއި 7.5 މިލިއަން ޑޮލަރެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 562 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 397 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. މިމަހު 3 ވަނަ ދުވަހާއި ހަމައަށް އެސް.ޑީ.އެފް.ސީން ލޯނުގެ ގޮތުގައި 1640 ފަރާތަކަށް 268.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ގޮތުން މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނެއެވެ.

ކުދި ފަންތިއާއި މެދުފަންތީގެ 1142 ވިޔަފާރިއަކަށް 253.3 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، އަމިއްލަ މަސައްކަތްކުރާ 498 ފަރާތަކަށް 15 މިލިއަން ރުފިޔާ މިމަހުގެ 3 ވަނަ ދުވަހާއި ހަމައަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0