Fathuru verinnah hidhumaihdhinumuge huhdha tourism ministry in 101 safari akah dheefi.

6 ސެޕްޓެމްބަރ 2020 - 16:37

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިން އަންނަން ފަށާފައިވާއިރު ޙިދުމަތްދިނުމުގެ ހުއްދަ ދެނީ ގައިޑްލައިންތަކަށް ފެތޭ ސަފާރީތަކަށެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއިއެކު އަލުން ޙިދުމަތް ފެށުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން 101 ސަފާރީއަކަށް މިހާރު ވަނީ ދީފައެވެ. 

މިއީ މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޙިދުމަތް އަލުން ފެށުމަށް އެދިފައިވާ ސަފާރީތަކުގެ ތެރެއިން ޝަރުތު ހަމަވެގެން ހުއްދަ ދޫކުރި ސަފާރީތަކުގެ އަދަދެވެ. މީގެތެރޭގައި މިމަހާއި އަންނަމަހު ޙިދުމަތަށް ނިކުންނަ ސަފާރީތައްވެސް ހިމެނެއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ. ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

advertisement
advertisement
advertisement
advertisement
ރިއެކްޝަންސް
0
0
0
0
0
0
0