CSC ge Raees Kamah Nasih!

6 ސެޕްޓެމްބަރ 2020 - 19:05

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ކަމަށް ބުރާސްފަތި ދުވަހު އައްޔަންކުރި މުހައްމަދު ނާސިހް ހަމަޖައްސަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާށްކޮށްފިއެވެ.

ސީއެސްސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ބޭފުޅުންގެ ނަންތައް ހުށަހެޅުމަށް މިއަދުގެ ޖަލްސާގައި ހުޅުވައިލުމުން ހުށަހެޅީ ބްރޯޑްކާސްޓިން ކޮމިޝންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ނާސިހްގެ ނަން އެކަންޏެވެ. ޖަލްސާގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވެސް ވަނީ ސީއެސްސީގެ ރައީސް ކަމަށް ނާސިހް އައްޔަންކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

advertisement

ނާސިހްގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހުސައިން ޝަމީމްއެވެ. ސީއެސްސީގެ ރައީސް ކަމަށް ނާސިހް ހަމަޖެއްސުމަށް ފެންނަ ކަމަށް މަޖިލީހުގައި 68 މެންބަރަކު ވޯޓު ދެއްވިއެވެ. ނައިބު ރައީސަކަށް ހަމަޖެއްސުމަށް ފާސްކޮށްފައި ވަނީ ނާސިހްއާ އެކު ކޮމިޝަނަށް އައްޔަންކުރި އިބްރާހީމް ރަޝީދު، ބްލެކް، ރ. މީދޫ އެވެ. އެ މަގާމަށް ވެސް އިތުރު ބޭފުޅެއްގެ ނަން ހުށަހަޅާފައެއް ނުވެއެވެ.

ސީއެސްސީގެ ހުސްވެފައިވާ ހަތަރު މަގާމަށް މެންބަރުން އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ ނާސިހް އާއި އިބްރާހީމް ރަޝީދުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ފާތިމަތު ޝަރީފްއެވެ. މި ހަތަރު ބޭފުޅުން އައްޔަންކުރެއްވީ އެ ކޮމިޝަންގައި ތިއްބެވި ހަތަރު މެންބަރަކު މަގާމުން ވަކިކުރަން މަޖިލީހުން އެޖެންޑާކުރުމާ ގުޅިގެން ތިން މެންބަރަކު އިސްތުއުފާ ދިނުމުގެ އިތުރުން އެއް ބޭފުޅަކު ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ. މަޖިލީހުންގެ ވަކިނުކުރަނީ މި ސަރުކާރުގައި 2018 ވަނަ އަހަރު އައްޔަންކުރި މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ ވަކިކުރަން ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުނެވެ. ނަމަވެސް ފާސްވެފައެއް ނުވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0