Male’ Sarahahdhugai COVID-19 Madhuvaan Fashaanekamah Beleveny Mimahu Fahukolhu

7 ސެޕްޓެމްބަރ 2020 - 13:56

ކޯވިޑް-19ޖެހޭ މީހުންގެ އަދަދު މާލެ ސަރަހައްދުގައި މަދުވާންފަށާނީ މިމަހުގެ ފަހުކޮޅުން ފެށިގެން ކަމަށް ޕަބްލިކް ހެލްތު އެކްސްޕަރޓް ޑރ. ޝީނާ މޫސާ އަންދާޒާކުރައްވައިފިއެވެ.

ޑރ. ޝީނާ މޫސާ ވިދާޅުވީ ފުރަބަންދަށްފަހު ދިން ލުއިތަކާއިއެކު ބަލިޖެހޭ މީހުންގެ އަދަދު އަންދާޒާ ކުރެވުނު މިންވަރަށްވުރެ އިތުރުވެފައިވާކަމަށެވެ. މާލެ ސަރަހައްދުގައި މިހާރު ކޯވިޑް-19 ފެތުރިފައިވަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށްކަން ފާހަގަކުރައްވައި ޑރ. ޝީނާ ވިދާޅުވީ، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމަށްފަހު މި ސެޕްޓެމްބަރ މަހުގެ ފަހުކޮޅުން ފެށިގެން ދަށްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

“އެސްޓިމޭޓްކުރެވޭ ސެޕްޓެމްބަރ ފަހުކޮޅަށް ޓްރެޖެކްޓްރީއަކަށް ގޮސްފައި ދެން ތިރިވާނީ. އެހެންވީމަ އަދި މިލެވަލްގައި ދުވަސްކޮޅެއް ހިފަހައްޓާނެ އެކަމަކު، މިމަހުގެ ފަހުކޮޅަށް އަންދާޒާކުރެވެނީ ދަށްވާން ފަށާނެކަމަށް ޓެރެޖެކްޓްރީ ތިރިވާން ފަށާނެކަމަށް” ޑރ. ޝީނާ ވިދާޅުވިއެވެ.

މިބަލީގައި މިހާރު ރާއްޖޭގައި އޮތް ކަންބޮޑުވުމަކީ ބައްޔަށް ފަރުވާދޭން ތައްޔާރުކޮށްފައިވާ ފެސިލިޓީތައް ފުރި ޑޮކްޓަރުންނާއި ނަރުހުންނަށް އެއްވެސް ޗުއްޓީއެއް ނުލިބި މަސައްކަތްކުރަން ޖެހުމުގެ ސަބަބުން ވަރުބަލިކަން އިހްސާސްކުރެވުމެވެ. މިހާރު އަންދާޒާކުރެވިފައިވާގޮތައް މިމަހުގެ ފަހުކޮޅު ބަލިޖެހޭ މީހުންގެ އަދަދު ދަށްކުރެވޭނީ މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.


“މީތި ކިހިނެއްތޯ އިތުރުވާނީ ނޫންނަމަ ދަށްވާނީ އޭތި ޑިޕެންޑްވަނީ މީހުން އުޅޭގޮތުން، ވިޔަފާރިތަކުން ކަންތައްތައް ބަހައްޓާގޮތަކުން އިނގޭތޯ. އެހެންވީމަ އެކަހަލަ ކަމަކަށް މީގެ އަދަދުތައް ބެލެންސްވަނީ.” ޑރ، ޝީނާ ވިދާޅުވިއެވެ.

ކޯވިޑް19 ބަލި ކޮންޓްރޯލް ކުރުމައްޓަކައި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަކީ ވީހާވެސް ބޮޑަށް މިބަލީގައި މަރުވާ މީހުންގެ އަދަދު މަދުކޮށް އާންމު ދިރިއުޅުމުގެ ކަންކަންވެސް ކުރިއަށްދާނެފަދަ ގޮތަކަށް ބަލައިގެން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ކަމާގުޅޭ ފަރާތްތަކުން ވިދާޅުވެއެވެ. އަދި މިކަމުގައި އާންމު ރައްޔިތުންގެ އެއްބާރުލުން ވީހާވެސް ބޮޑަކަށް ދެއްވުމަށް އެ ފަރާތްތަކުން އެދެއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0