Miaharuge 2 vana Quartergai Dhaulathuge Dharani Ithuruvejje

7 ސެޕްޓެމްބަރ 2020 - 15:24

މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ދައުލަތުގެ ދަރަނި އިތުރުވެއްޖެއެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ. ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖޫންމަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

advertisement

ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 2 ވަނަ ކުއާޓަރުގައި ރާއްޖޭގެ ދަރަނި އިތުރުވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ދަށްވެ އާމްދަނީ އަށް ކުރި އަސަރުގެ ސަބަބުން ބޭރު ގައުމުތަކުން ލޯނު ނަގަން ޖެހުމުން ކަމަށް ބެލެވެ އެވެ. ކޯވިޑް-19އާ ގުޅިގެން އެކި ގޮތްގޮތުން 222 މިލިއަން ޑޮލަރު ދައުލަތަށް ވަނީ ލިބިފަ އެވެ.

ކޯވިޑް19 ގެ ސަބަބުން އިޤްތިޟާދަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް ސަރުކަރުން މިއަހަރު ވަނީ ބައިނަލްއަޤްވާމީ އެކި ބޭންކުތަކުންނާއި ފައިނޭންސް ފޯރުކޮށްދޭ ތަންތަނުން ލޯނު ނަގާފައެވެ. އޭގެތެރޭގައި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޯފިޑް) އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީޕީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ހިމެނެއެވެ. އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް އާއި އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއައިއައިބީ) އިން ވަނީ ލޯނު ނަގާފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0