COVID-19 ge sababun kiyavaidhey thanthanun ehy ah edhumah hulhuvaalaifi.
September 7, 2020
ކޯވިޑް-19 އާ ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީ ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަލުން ހުޅުވާލައިފިއެވެ.
އަލުން އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ “ކޯވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް” އަށް ބައެއް ބަދަލުތައް ގެނެސްފައިވާ ވާތީ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެހީއަށް އެދި ހުށައެޅުމުގެ މުއްދަތު މިމަހުގެ 10 ވަނަ ދުވަހަށް އޮންނާނެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއެހީގެ ދަށުން ޤުރުއާން ކުލާސްތަކަށް ފަސްލައްކަ ރުފިޔާ، ޕްރީ ސްކޫލްތަކަށް އެއްމިލިއަން ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.



