Russia aai CIS Sarahahdhugai Tour Operatarun Thamreenkurumah E-learning Platfrom Alun Launchkoffi

8 ސެޕްޓެމްބަރ 2020 - 10:50

މޯލްޑިވްސް މާކެޓިންގެ އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން ރަޝިޔާ އާއި ސީ.އައި.އެސް ޤައުމުތަކުގެ ޓުއާ އޮފަރޭޓަރުންނަށް ޙާއްސަކޮށްގެން މިއަހަރުގެ ފެބްރުއަރީމަހު ފެށި އީ-ލަރނިންގ ޕެލްޓްޕޯމް ކޮވިޑް-19 އާ ގުޅިގެން މެދުކެނޑުމަކަށް ފަހު އަލުން ލޯންޗުކޮށްފިއެވެ.

މި ޕްލެޓްޕޯމް ގެ މަޤްސަދަކީ ރަޝިޔާ އާއި ސީ.އައި.އެސް ޤައުމުތަކުގެ ޓުއާ އޮފަރޭޓަރުންނަށް ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސް އާއި ލިވަބޯޑުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަޤްބޫލު ގުދުރަތީ ރީތި ތަންތަނާއި އާސާރީ ތަންތަނުގެ އިތުރުން ދިވެހި ސަގާފަތާ ބެހޭ މައުލޫމާތު ހިއްސާކުރުމުވެ. އެގޮތުން މި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ރާއްޖެއަށް ގިނަ ފަތުރުވެރިން ގެނައުމަކީ ވެސް ކެމްޕެއިންގެ އަމާޒެއް ކަމަށް  އެމް.އެމް.ޕީ.އާރް.ސީ އިން ބުނެއެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި ޕްރޮޕީ ޓްރެވަލް އާ ގުޅިގެން ކުރިއަށް ގެންދެވޭ މި ކެމްޕެއިންގެ ދަށުން 2000 ޓުއާ އޮޕަރޭޓަރުން ތަމްރީންކުރެވިގެންދާނެއެވެ.

advertisement

މި ޕްލެޓްފޯމްގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެ، މުޅި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީންގައި ބައިވެރިވާ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ފޮނުވާ 3 ފަރާތަކަށް ދިވެހިރާއްޖެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެއެވެ. މި އިނާމްތައް ސްޕޮންސާ ކޮށްފައިވަނީ ފުރަވެރި މޯލްޑިވްސް، ޕެރަޑައިސް އައިލެންޑް ރިސޯޓް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރުންނެވެ.

ޕްރޮފީ ޓްރެވެލް އަކީ ރަޝިޔާ އަށް ނިސްބަތްވާ ބީ.ޓު.ބީ ކެމްޕެއިންތައް ހިނަގުމުގައި ވިހި އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. ޕްރޮފީ ޓްރެވަލްއިން ރާޝިޔާ އާއި ސި.އައި.އެސް ސަރަހައްދުތަކުގެ ޓްރެވެލް ޓްރޭޑް ކުންފުނިތަކުގެ ވިޔަފާރު ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދެއެވެ. އެގޮތުން މާރކެޓް އެނަލިސިސް ހެދުމާއި އޮންލައިން ފެއަރތައް އިންތިޒާމުކުރުމާއި އެކި ޤައުމުތަކުގެ ފަތުރުވެރިކަމާއި ބެހޭ މައުލޫމާރު ހިއްސާކުރާ ވޯކްޝޮޕްރައް ރާވައި ހިންގުނެ ހިމެނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0