Dollar dheynekamah bune olhuvaalaigen faisa nagany, Samaaluvey!!!

8 ސެޕްޓެމްބަރ 2020 - 14:36

ޑޮލަރު ދޭނަކަމަށްބުނެ އޮޅުވާލައިގެން މީހުގެންއަތުން ފައިސާ ނަގާ މައްސަލަތައް އިތުރުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ޑޮލަރު ދޭނަކަމަށްބުނެ އޮޅުވާލައިގެން ފައިސާ ނަގާ މައްސަލައާއި، ވިޔަފާރިކުރުމަށްފަހު ހަދާ އޮންލައިން ޓްރާންސެކްޝަންތައް އޮޅުވާލާ މައްސަލަތައް މިދުވަސްވަރު އިތުރުވެފައިވާކަމަށެވެ.

މިފަދަ މައްސަލަތައް އިތުރުވެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް އިތުރުވެ، ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފަރ ގަބޫލުކުރަން ފެށުމާއި އެކުގައެވެ.

ފައިސާގެ އެއްވެސް މުޢާމަލާތެއް ހިންގާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްޙަ މައުލޫމާތު ހޯދައި ޔަޤީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތު ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް19 އާއި ގުޅިގެން އޮންލައިންކޮށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް މިދުވަސްވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން ވިޔަފާރިތަކުންވެސް މިކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ. ކަސްޓަމަރުންނަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ ބުނެފައެވެ. 

advertisement
ރިއެކްޝަންސް
0
0
0
0
0
0
0