Raajjeyge Ethereyge Siyaaseekankamuge Thereah China Nuvannaane: Safeeru

8 ސެޕްޓެމްބަރ 2020 - 15:30

ރާއްޖޭގެ އެތެރޭގެ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ޗައިނާއިން ނުވަންނާނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މިހެން ވިދާޅުވީ، އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. ސަފީރު ވިދާޅުވީ، ރާއްޖޭގެ އެތެރޭގައި ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމަށް ޗައިނާ ވައްދަން އުޅުނަސް އެ ގައުމުގެ ސިޔާސަތު ބަދަލު ނުވާނެ ކަމަށާއި އެކަންކަމުގެ ތެރެއަށް ޗައިނާއިން ނުވަންނާނެކަމަށެވެ. ސަފީރު ވިދާޅުވީ، ޤައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އެކަންކަމާއި ބެހުމަކީ ޗައިނާއިން ކުރާނެކަމެއްނޫންކަމަށެވެ. އެކަން ޗައިނާއިން މާޒީގައި ސާބިތު ކޮށްދީފައިވާނެ ކަމަށް ވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

advertisement

ބެލެވޭ ގޮތުގައި ސަފީރު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށެވެ. ރާއްޖެ ޓީވީއިން ގެނެސްދިން ސިޔާސީ ޕްރޮގްރާމެއްގައި އާޒިމް ވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ޚަރަދު ކުރަނީ ޗައިނާ އިން ކަމަށް ތުހުމަތުކުރައްވާފައެވެ.

ޓްވީޓްގައި ސަފީރު ވަނީ ޗައިނާގެ ޒިންހުއާ ނިއުސް އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވާފައިވާ އިންޓަވިއުގެ ލިންކެއްވެސް ހިއްސާކުރައްވާފައެވެ. ރާއްޖެ އިން ޗައިނާއާ މެދު ގެންގުޅޭ ސިޔާސަތު އޮޅުން ނުފިލާ ނަމަ އެ އެ އިންޓަވިއު ބެލުމަށްވެސް ސަފީރުގެ ޓްވީޓްގައި ވަނީ އެދިފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0