Raajje aai india dhemedhu vefaiva “air travel bubble” aaeku, vaige dhathuruthah ithuru kurany.

8 ސެޕްޓެމްބަރ 2020 - 17:15

ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ “އެއާ ޓްރެވެލް ބަބުލް” އާ އެކު، ވައިގެ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމްކޮށްފައިވާ “އެއަރ ޓްރެވެލް ބަބުލް” އާއިއެކު އިންޑިއާގެ 2 އެއަރލައިނަކުން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އެއީ އިންޑިގޯއާއި އެއަރ އިންޑިއާއެވެ. މި އެއްބަސްވުމާއިއެކު މޯލްޑިއަނުން އިންޑިއާގެ ޓްރިވެންޑްރަމްއަށް ކުރަމުންއައި ދަތުރުތައް މިމަހުގެ 10 ވަނަ ދުވަހު އަލުން ފަށާނެއެވެ.

advertisement

ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމްކޮށްފައިވާ “އެއަރ ޓްރެވެލް ބަބުލް” އާއިއެކު ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ އެއަރ އިންޑިއާއިންނެވެ. އެއަރ އިންޑިއާގެ ޝެޑިއުލް ފްލައިޓްތައް އަލުން ރާއްޖެއަށް ފެށީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ. އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ކުރަނީ އިންޑިއާގެ ޓްރެވެންޑުރަމުން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

އެއަރ އިންޑިއާއަށްފަހު ދެން ރާއްޖެއާއި އިންޑިއާއާއި ދެމެދު ދަތުރުތައް ފެށީ އިންޑިގޯ އެއަރލައިނުންނެވެ. މި އެއަރލައިނުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ފްލައިޓްތައް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އިންޑިގޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތިދުވަހު ފްލައިޓް މިހާރު އަންނަނީ ބާއްވަމުންނެވެ.

އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފުރަތަމަ ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އިންޑިގޯއިން ކޮންމެ ހަފްތާއަކު އިންޑިއާގެ މުންބާއީ، ކޮޗިން އަދި ބެންގަލޫރުއާއި ރާއްޖެއާއި ދެމެދު ފަސް ފްލައިޓް ދިޔައީ އޮޕަރޭޓްކުރަމުންނެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން މި ދަތުރުތައް އޮތީ ހުއްޓާލާފައެވެ.

އިންޑިއާ އިން މީގެ ކުރިން ވެސް ބައެއް ގައުމުތަކާ އެކު “އެއާ ޓްރެވެލް ބަބުލް” ގާއިކޮށްފައިވެ އެވެ. އެކަމަކު، ރާއްޖެ-އިންޑިއާގެ “އެއާ ޓްރެވެލް ބަބުލް” އަކީ ދެކުނު އޭޝިއާގެ ގައުމަކާ އެކު ގާއިމްކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

“އެއާ ޓްރެވެލް ބަބުލް” އަކީ ކޮވިޑް-19 ފެތުރޭތީ ގައުމުތަކުގެ މެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު، ހާއްސަ އުސޫލުތަކަކާއި މިންގަނޑުތަކަކާ އެކު ދަތުރުތައް ކުރުމަށް ގާއިމް ކުރާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ދަތުރުތައް ކުރާނީ ކޮވިޑުން ރައްކާތެރިވާން ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0