Mathee thauleemu hoadhaa firihenunnah vure anhenun gina

8 ސެޕްޓެމްބަރ 2020 - 17:24

މަތީ ތައުލީމާއި ތަމްރީން ހޯދަމުން އަންނަ މީހުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި މިދިޔަ އަހަރުގެ މަތީ ތައުލީމާއި ތަމްރީނުގެ ތަފާސްހިސާބުން ދައްކާގޮތުން ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ތަމްރީންހޯދާ މީހުންގެ ބޮޑުބަޔަކީ އަންހެނުންނެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން މިދިޔަ އަހަރު 843 ޕްރޮގްރާމެއް ހިންގި އިރު 13 ހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ. މީގެ 59 ޕަސެންޓަކީ އަންހެނުންނެވެ. ބާކީ 41 ޕަސެންޓު ހިއްސާ ކުރަނީ ފިރިހެނުންނެވެ.

advertisement

ތަފާސް ހިސާބުތަކުގައިވާގޮތުން މިހާރު ކުރިއަށްދާ ތައުލީމާއި ތަމްރީނުތަކުގެ ކޯސްތަކުގެ ބޮޑު ހިއްސާއެއްވެސް އަދާކުރަނީ އަންހެނުންނެވެ. މިހާރު ހިންގަމުންއަންނަ ކޯސްތަކުގައި އަންހެނުންގެ އަދަދު އުޅެނީ 64 ޕަސެންޓުގައެވެ.

މަތީ ތައުލީމާއި ތަމްރީނުދޭ 12 ތަނެއް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ވެއެވެ. 26 އިންސައްތައާއިއެކު އެންމެ ގިނަ ދަރިވަރުން ކިޔަވަނީ ގައުމީ ޔުނިވާސިޓީ ގަ އެވެ. ދެން އެންމެ ގިނަ ދަރިވަރުން ކިޔަވަމުންއަންނަނީ ވިލާ ކޮލެޖުގައެވެ.

އެންމެ ބޮޑު ތަރުހީބެއް ލިބެނީ އެޑްމިނިސްޓްރޭޝަން، ލޯ އަދި ބިސްނަސް އަދި ތައުލީމީ ދާއިރާގެ ކޯސްތަކަށެވެ.  އެންމެ މަދު ދަރިވަރުން ކިޔަވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ސޯޝަލް ސައިންސާއި ނޫސްވެރިކަމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0