Skip to content
Maldives calendar. Today: Maldives calendar

Russiage Aeroflotun raajje ah alun dhathuruthah fashany

ރަޝިއާގެ ފްލެގް ކެރިއާ އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ. އެ އެއަރލައިނުނރާއްޖެއަށް ކުރަމުންއައި ދަތުރުތައް މިމަހުގެ 11 ވަނަ ދުވަހު އަލުން ފެށުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ.

ދަތުރުތައް އަލުން ފަށާއިރު ރަޝިއާ އާއި ރާއްޖެއާއި ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ނިންމާފައެވެ. 

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

އޭރޯފްލޮޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ދަތުރުތައް ކުރާނީ ރަޝިއާގެ ޝެރެމެޓޭވޯ އެއާޕޯޓުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށެވެ. އެގޮތުން ރަޝިއާއިން ރާއްޖެއަށް ފްލައިޓް ބާއްވަން ހަމަޖެހިފައިވަނީ ހަފްތާގެ ބުރާސްފަތި އަދި އާދިއްތަ ދުވަހުއެވެ. މާލެއިން ރަޝިއާއަށް ދަތުރުތައް ކުރާނީ ހުކުރު އަދި އާދިއްތަ ދުވަހުއެވެ. 

ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަށަން ނިންމާފައިވާކަން ރަޝިއާގެ ސަރުކާރުންވެސް ވަނީ އިއުލާންކޮށްފައެވެ. ކޯވިޑުގެ ކުރިން އޭރޯފްލޯޓުން ދިޔައީ މާލެ އަށް ދުވާލަކު އެއް ދަތުރު ބާއްވަމުންނެވެ. ރަޝިއާ އިން ރާއްޖެއަށް ދަތުރު ފަށާއިރު އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެކެވެ.