COVID-19 control kurumah alhamundha fiyavalhuthah vazeerunge majileehaa hihsaakurahvaifi.

9 ސެޕްޓެމްބަރ 2020 - 15:56

ކޯވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރުންގެ މަޖިލީހާއި ހިއްސާކުރައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާ ބާއްވާފައިވަނީ އޮންލައިންކޮށްނެވެ. މި ޖަލްސާގައި، މާލެ ސަރަހައްދުގައި ކޯވިޑް19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކާއި، އަތޮޅުތަކުގެ ރަށަކުން ކޯވިޑްގެ ކޭސްތައް ފެންނަމުންދާތީ އަޅަމުންގެންދާ ޚާއްޞަ ފިޔަވަޅުތައް ވަނީ ވަޒީރުންނާއި ހިއްސާކޮށްފައެވެ. މީގެއިތުރުން އަތޮޅުތަކުން އެހެން ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ފަރުވާ ދެވޭނެ ފަސޭހަ ގޮތްތަކެއް އަތޮޅުތަކުގައި ހަމަޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، ފަތުރުވެރިންނަށް ފަސޭހައިން ރާއްޖެއަށް ދަތުރުފަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް މި ޖަލްސާގައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.

advertisement
advertisement
advertisement
advertisement
ރިއެކްޝަންސް
0
0
0
0
0
0
0