HDC aai Orca Media gulhigen Hulhumale’yge Virtual tour eh thahyaaru kurany.

ދިވެހި
September 10, 2020

ހުޅުމާލޭގެ ވަރޗުއަލް ޓުއަރއެއް ހެދުމަށް އެޗްޑީސީއާއިއެކު އޯރކާ މީޑިއާ ގުރޫޕުން އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ހައުސިންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ކުރިއަށްގެންދާ ވަރޗުއަލް ޓުއަރ ޕްރޮޖެކްޓަށް އޯރކާ މީޑިއާ ގްރޫޕުން ހުޅުމާލޭގެ ވަރޗުއަލް ޓުއަރއެއް ތައްޔާރުކުރާނެއެވެ. މީގެ ސަބަބުން ހުޅުމާލޭގެ މަންޒަރު މަތިން ފެންނަގޮތް ބަލާލެވޭނެއެވެ. އަދި ހުޅުމާލޭގެ ތަސައްވުރު އިތުރަށް ޕްރޮމޯޓްކުރުމަށް އެހީތެރިވެދޭނެއެވެ. 

advertisement
advertisement

 އެޗްޑީސީއާއިއެކު އޯރކާ މީޑިއާ ގްރޫޕުން ހަދާ މި ވަރޗުއަލް ޓުއަރގެ ސަބަބުން ހުޅުމާލޭގެ މާސްޓަރ ޕްލޭން އިތުރަށް ފެނިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. 

އޯރކާ މީޑިއާ ގްރޫޕުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް ޕްރޮމޯޓްކޮށް ރާއްޖެއިން ބޭރުގައުތިބި މީހުންނަށް ރާއްޖޭގެ ރީތިކަން ދައްކާލުމުގެ ގޮތުން ރާއްޖޭގެ އެކި ރިސޯޓްތަކާއި ރަށްތަކުގެ ވަރޗުއަލް ޓުއަރތައްވެސް ތައްޔާރުކުރަމުންނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0