India in Raajje anna fathruruverin ithurukurumaa gulheygothun mashvaraakohfi.

10 ސެޕްޓެމްބަރ 2020 - 13:39

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭގޮތުން 2 ޤައުމުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރާއި ކުރެއްވި މަޝްވަރާގައި ވަނީ އިންޑިއާގެ އިންވެސްޓަރުންގެ އެހީގައި ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

advertisement
advertisement
advertisement
advertisement

މީގެއިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ދެގައުމުގެ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް 2 ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު 2 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީވެސް އިންޑިއާއެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު 2 ޤައުމުން ވަނީ “އެއަރ ޓްރެވެލް ބަބުލް” އެއް ޤާއިމްވެސް ކޮށްފައެވެ. މިއާއިއެކު 2 ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ދަނީ އިތުރުކުރަމުންނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0