އޮގަސްޓް މަހު ކަރަންޓީނަށް ރަށްރަށައްދިޔަ 121 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައި – އެޗްއީއޯސީ

ދިވެހި
September 13, 2020

މިދިޔަ މަހު ރަށްރަށައް ކަރަންޓީނަށް ދިޔަ މީހުންގެ ތެރެއިން 121 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވަކިން ޙާއްސަކޮށް މާލެ ސަރަހައްދުގައި ކޯވިޑް19 ފެތުރުން އިތުރުވަމުން އައުމާއިއެކު އެޗްޕީއޭއިން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އެޗްޕީއޭއިން އެންމެ ފަހުން ނިންމަވާފައިވަނީ ބޭސްފަރުވާއާއި ޒަރޫރީ ބޭނުންތަކުގައި ނޫންގޮތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުނުކުރުމަށެވެ.

އެޗްއޯސީން ވިދާޅުވީ، މިދިޔަ މަހު އަތޮޅުތެރޭގެ ރަށްރަށައް ކަރަންޓީނަށް 2705 މީހުން ދިޔަކަމަށާ މީގެތެރެއިން 121މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ކަރަންޓީނަށްދާ މީހުން ރަށްރަށަށް ފޮނުވަނީ އެޗްޕީއޭގެ ވަކި ޙާއްސަ ގައިޑްލައިންތަކެއްގެ ދަށުން އެކަމަށް އެއްބަސްވެގެންނެވެ. ނަމަވެސް ބައެއް މީހުން ގައިޑްލައިންތަކަށް ޢަމަލުނުކުރާކަން ފާހަގަވެފައިވާކަމަށް އެޗްއޯސީން ވިދާޅުވެއެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކޯވިޑް19 ގެ ކޭސްތައް މިހާރު އަންނަނީ ގިނަ އަދަދަކަށް ފެންނަމުންނެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0