މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުން ނަގާ ފީތަކަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކޮށްފި

ދިވެހި
September 14, 2020

މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުން ނަގަމުން އަންނަ ބައެއް ފީތަކަށް ގެނައި ބަދަލަށް އަމަލު ކުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަސްކޮށްފި އެވެ.

ރޭގަނޑު 11:30 އިން ހެނދުނު 7:30 އަށް އެމްޕީއެލްއިން ނަގަމުން ދިޔަ 30 ޕަސެންޓުގެ ސާޗާޖު ކަނޑާލުމާއެކު އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރު ތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ބަދަލު ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

advertisement

މި ބަދަލަށް އަމަލުކުރަން ފަށާނެ ތާރީހެއްގެ ގޮތުގައި އެއިރު ކަނޑައަޅާފައިވަނީ މިމަހުގެ 13 ވަނަ ދުވަހެވެ. ނަމަވެސް އެމްޕީއެލުން ނެރުނު ބަޔާނެއްގައި ބުނީ ވޯފޭޖު ޗާޖަށް ގެނައި ބަދަލަށް އަމަލު ކުރުން އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

ރޭގަނޑު ނަގާ 30 ޕަސެންޓުގެ ސާޗާޖު އުވާލުމަށް އެމްޕީއެލްއިން ނިންމާފައިވަނީ ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރަން ޑެލިވަރި އޯޑާއަށް އޭޖެންޓުން ތަފާތު ނަން ނަމުގައި ފީތައް ނަގަމުން އަންނާތީއެވެ. މިކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން އަންނަނީ ފާޅުކުރަމުންނެވެ. އަދި މީގެ ސަބަބުން ތަކެތީގެ އަގުތައްވެސް ބޮޑުވަމުން އަންނަކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0