Raa atholhuge kuryge member Ismail Zakariyya COVID balyga avahaara vehje!

ދިވެހި
September 15, 2020

ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާޢީލް ޒަކަރިއްޔާ، ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެއެވެ.

އިސްމާއިލް ޒަކަރިއްޔާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އިސްމާއިލް ޒަކަރިއްޔާ އަވަހާރަވިއިރު އުމުރުފުޅުޅަކީ 79 އަހަރެވެ. އިސްމާއީލް ޒަކަރިއްޔާވަނީ ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ޚިދުމަތްތަކުގެ ތެރެއިން އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގައެވެ.

އިސްމާޢީލް ޒަކަރިއްޔާވަނީ ދެފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ވެސް ކުރައްވާފައެވެ.

މިއީ ކޯވިޑް19 ގައި ރާއްޖޭގައި މިހާތަނަށް ނިޔާވި 33 ވަނަ މީހާއެވެ.

advertisement
ރިއެކްޝަންސް
0
0
0
0
0
0
0