Skip to content

އައިއެސްއޯއަށް ސާޓިފައިވެފައިވާ ތަނަކަށް ފެނަކަ ކޯޕަރޭޝަން ވެއްޖެ

އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯރ ސްޓޭންޑަރޑައިޒޭޝަންގެ ސާރޓިފައިޑް ތަނަކަށް ފެނަކަ ކޯޕަރޭޝަން ވެއްޖެއެވެ.


އައިއެސްއޯއަށް ސާޓިފައިވެފައިވާ ތަނަކަށް ފެނަކަ ކޯޕަރޭޝަން ވެފައިވަނީ އެ ކުންފުނިން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާ ގުޅިގެންނެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv


ފެނަކަ ކޯޕަރޭޝަން އައިއެސްއޯއަށް ސާޓިފައިވެފައިވަނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ޚިދުމަތްތަކެއްތޯ ބަލާ، ބައިނަލްއަޤުވާމީ ގޮތުން މަސައްކަތުގެ މާހައުލުގައި އެކަށޭނަ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވޭތޯ ބެލުމަށްފަހުގައެވެ.


ފެނަކައިން ބުނީ އައިއެސްއޯއަށް ސާރޓިފައިވުމަށް ކުރި މަސައްކަތުން މިހާރު ކުންފުނީގެ ލަނޑުދަނޑިއާއި، އެކަންކަން ހާސިލްކުރުމަށް ކުރަން ޖެހޭ ގޮތުގެ އުޞޫލުތައް ކަނޑައަޅަފއިވާކަމަށެވެ.

އައު މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާރޓް ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާރފޯމަންސް އިންޑިކޭޓާރސް އާއި ގުޅުވިފައި ހުންނާނެކަމަށްވެސް ފެނަކައިން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ ފެނާ ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޮރުކޯށްދެމުންނެވެ.