މިއަހަރުގެ ޤައުމީ އިނާމު ދިނުން ސަރުކާރުން ފަސްކޮށްފި
October 12, 2020
މިއަހަރުގެ ޤައުމީ އިނާމު ދިނުމުގެ އިހުތިފާލު ސަރުކާރުން ފަސްކޮށްފިއެވެ. ޤައުމީ އިނާމް ކޮންމެ އަހަރަކުވެސް ދެނީ ދެނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ރައީސް އޮފީހުން ވިދާޅުވީ، ޤައުމީ އިނާމްދިނުން މިއަހަރު ފަސްކޮށްފައިވަނީ
ކޯވިޑް-19 އިގެ ހާލަތާ ގުޅިގެން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، މިއަހަރު
ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންކަމަށެވެ.
ކޯވިޑު-19ގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު
ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި
ޖަލްސާ ބާއްވާނެ ތާރީޚު ފަހުން އިއުލާންކުރާނެކަމަށް ރައީސް އޮފީހުން
ވިދާޅުވެއެވެ.
މިއަހަރުގެ ޤައުމީ ދުވަހު ބާއްވާ ޚާއްޞަ ޖަލްސާ ނުބޭއްވުމަށް ސަރުކާރުން ނިންމާފައިވުމުން މާލޭގައި އެއްވެސް ހަރަކާތެއް ދުވަހާއި ގުޅިގެން ކުރިއަށް ނުދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.



