މާލެ ސަރަހައްދުގެ ގްރޭޑް 6 އިން ދަށައް މިއަހަރު ކިޔަވަދޭން ފެށޭނެކަމަށް ނުބެލެވޭ – އެޑިޔުކޭޝަން
October 19, 2020
އަހަރުގެ ކުރިއަށްއޮތް ދުވަސްތަކުގައި މާލޭ ސަރަހައްދުގެ ގްރޭޑް ހަޔަކުން ދަށުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާނީ މިހާރުވެސް ކުރިއަށްދާގޮތައްކަމަށް ބެލެވޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުން އަލުން ސްކޫލްތަކަށް ނެރެ، ކިޔަވައިދޭނެ ވަގުތު ނެތް ކަމަށެވެ. އެކަމަކު އެ ގްރޭޑްތަކަށް ވެސް މިހާރެކޭ އެއްގޮތަށް ޓެލިކްލާސްތަކާއި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގެ ގްރޭޑް 9 އިން 12 އަށް ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވައިދޭން މިހާރު ވަނީ ފަށާފައެވެ. މިއަދު މާލެ ސަރަހައްދުގައި ގްރޭޑް އަށެއްގެ ދަރިވަރުން ސްކޫލްތަކަށް ގެންގޮސް ކިޔެވުން ފަށާނެ އެވެ. އަދި މި މަހު 25 ގައި ގްރޭޑް ހަތެއްގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.



