އެޗްޑީސީއިން ހުޅުމާލޭގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އަޅާނެބަޔަކު ހޯދަނީ
October 24, 2020
ހުޅުމާލޭގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އަޅާނެބަޔަކު ހޯދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން އިއުލާންކޮށްފިއެވެ. އެޗްޑީސީން މިހާރު ވަނީ މި ފެސިލިޓީ އަޅާނެބަޔަކު ހޯދަން ޕްރޮޕޯޝަލް ހުށައެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.
ހުޅުމާލޭގައި އަޅާ މި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އަޅާނީ 5381.91 ސްކޮޔާ ފީޓްގެ ސަރަހައްދެއްގައެވެ. މިކަމަސް ޝައުޤުވެރިވާ ފަރާތްތަކުން 3 ޑިސެމްބަރ ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށައަޅަންޖެހޭނެކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން މި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އަޅަން އިއުލާންކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޕްރީ ފްރޮޕޯސަލް ބައްދަލުވުން އޮންނާނީ 8 ނޮވެމްބަރ ގައެވެ. މި ބައްދަލުވުމަށް ރަޖިސްޓްރީކުރުމުގެ އެންމެ ފަހު ތާރީހަކީ 5 ނޮވެމްބަރ ކަމަށް އެޗްޑީސީން ބުނެއެވެ.
3 ޑިސެމްބަރ ގެ ކުރިން ޕްރޮޕޯސަލް ހުށައަޅާންޖެހޭއިރު ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހަމަ އެދުވަހުއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.



