Skip to content
Maldives calendar. Today: Maldives calendar

އެތެރޭގެ އުދުހުންތަކަށް އޮންލައިންކޮށް ޓިކެޓް ނަގާނަމަ މޯލްޑިވިއަނުން ޑިސްކައުންޓް ދެނީ

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް އޮންލައިންކޮށް ޓިކެޓު ނަގާނަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަން އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނީ ދަތުރުގެ ހަތް ދުވަސް ކުރިން ޓިކެތު ނަގާނަމައެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

މި ޕްރޮމޯޝަނުގެ ދަށުން މިމަހުގެ 15 އިން އަންނަ މަހުގެ 31ގެ ނިޔަލަށް ޑިސްކައުންޓް ޓިކެޓުގައި ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ޑިސްކައުންޓް އަގުގައި ޓިކެޓު ގަނެވޭނީ މޯލްޑިވިއަންގެ ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށެވެ.

މި ޕްރޮމޯޝަން ފެށުމުގެ މަގުސަދަކީ ފަސޭހަ ލުއި ގޮތްތަކެއް ކަސްޓަމަރުންނަށް ހޯދައިދިނުންކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި ކޭސްލެސްކޮށް ޓިކެޓް ނެގުމަށް މަގުފަހިކުރުމަކީވެސް ޕްރޮމޯޝަންގެ މަޤްސަދެއްކަމަށް އެ ކުންފުނިން ބުނެއެވެ. ކޯވިޑް19 އަށްފަހު އެތެރޭގެ އުދުހުން ތަކަށް އޮތް ޑިމާންޑު މަޑުމަޑުން އިތުރުވަމުން އަންނަކަމަށް މޯލްޑިވިއަނުން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. އޭގެ ތެރޭގައި މިދިޔަ މަހު ހުޅުވި ހޯރަފުށި އެއާޕޯޓުވެސް ހިމެނެއެވެ.