ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
December 14, 2020
ބަހްރެއިންގެ ޤައުމީ އެއަރލައިން، ގަލްފު އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް
ފަށައިފިއެވެ.
ގަލްފް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައިވަނީ އިއްޔެއެވެ. މި
ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް
އެއަރޕޯޓަށެވެ.
ގަލްފް އެއަރގެ ދަތުރުތައް ހަފްތާއަކު 2 ދުވަހު ރާއްޖެއަށް ބާއްވާނެއެވެ.
ގަލްފް އެއަރ އިން ބުނީ ރާއްޖެއަކީ އެ އެއަރލައިނަށް މުޙިއްމު މަންޒިލެއްކަމަށެވެ.
ގަލްފް އެއާ އިން ބުނެފައިވަނީ ރާއްޖެއަށް ކުރަ ދަތުރުތަކަށް އޮތް ޑިމާންޑު ބޮޑު
ކަމަށެވެ. މި މަހުގެ ތެރޭ ރާއްޖެ އަށް ކުރާ ދަތުރުތަކަށް ބޭނުންކުރާނީ ބޮއިން
9-787 ޑްރީމްލައިނާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ގަލްފް އެއަރއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭރު އެ އެއަރލައިނުން ދިޔައީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ގަލްފް އެއަރގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލީ ކޯވިޑް19ގެ ސަބަބުންނެވެ.



