ސަޓާގެ ލީޑިންގ ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރގެ އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެ
December 16, 2020
ސަޓާގެ މިއަހަރުގެ “ލީޑިންގ ޓޫރިސްޓް ޓްރާސްޕޯޓް ޕްރޮވައިޑަރ އެއަރ” ގެ އެވޯޑް މޯލްޑިވިއަންއަށް ލިބިއްޖެއެވެ. މިއަހަރުގެ ސަޓާ އެވޯޑް ހަފްލާ ބާއްވާފައިވަނީ ރޭ އޮންލައިންކޮށްނެވެ.
ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ދޭ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ސަޓާ އެވޯޑް ހަފްލާގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވަރޗުއަލްކޮށް ދެއްވި މެސެޖްގައި ވިދާޅުވީ، މި އަހަރަކީ ވައިގެ އުދުހުންތަކަށް ގިނަ ކޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްކަމަށެވެ. މި ދަތި އުނދަގޫތަކާއި އެކުވެސް ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މޯލްޑިވިއަންގެ ޙިދުމަތްތައް ދިނުމަށް މޯލްޑިވިއަންގެ ޓީމުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި ޓޫރިޒަމާއި އޭވިއޭޝަން އަކީ ގުޅިލާމެހިފައިވާ ދެ އިންޑަސްޓްރީކަން ފާހަގަކުރައްވައި، މި އެވޯޑް ލިބުމަކީ ޕާޓްނަރުންނާއި ކަސްޓަމަރުން މޯލްޑިވިއަން އަށް ކުރާ އިތުރުބާރު ދައްކުވައިދޭ ކަމެއް ކަމަށް ޖެނިފަރ ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ދެ ފަހަރުވެސް މޯލްޑިވިއަން އަށް ވަނީ ސާޓާ އެވޯޑް ލިބިފަ އެވެ. މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ސަރަހައްދުތަކަށް ދަތުރު ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރުން ބަންގްލަދޭޝް، އިންޑިޔާ އަދި ތައިލެންޑަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ދަނީ ކުރަމުންނެވެ.



