ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތައް އިތުރަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން ގޮވާލައިފި
December 21, 2020
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނަށް ޓޫރިޒަމް މިނިސްޓްރީއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ހިދުމަތްދޭ ތަންތަނުގައި ގާއިމްކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެކްޝަން ޕްލޭންތައް ބޭނުންޖެހިއްޖެ ހިނދެއްގައި ތަންފީޒު ކުރެވޭނެކަން ކަށަވަރު ކުރުމަށް އެ ސާކިއުލާގައި މިނިސްޓްރީއިން އެދިފައިވެ އެވެ. އަދި ހާއްސަ ގޮތެއްގައި ފަތުރުވެރިންނާއި މުވައްޒަފުން މޫދުގައި އުޅޭ އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ޙާއްސަ އިސްކަމެއްދިނުމަށްއެދި ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހައި ތަނަކަށް ސަރކިއުލާއެއް ފޮނުވާފައެވެ.
އަދި ކޮވިޑް-19 އާއިގުޅިގެން އެޗްޕީއޭއާއި ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި މި ދަނޑިވަޅުގައި ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުން ކުރަމުންދާ މަސައްކަތައް ވަނީ ޝުކުރު އާދަކޮށްފައެވެ.



