ތިލަފުށި ފޭސް ދޭކުން ބިން ގަތުމުގެ ފުރުސަތު ހުޅުވާލައިފި
8 ފެބުރުއަރީ 2023 - 11:00
ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
Welcome to Maldives’ first virtual open bid for pre-sale of land from Thilafushi: https://t.co/zKkFe07q4c
Announcement: https://t.co/yLoNoOMM02 pic.twitter.com/dBp0IhBEGe— HDC (@hdcmaldives) February 7, 2023
އެޗްޑީސީއިން ބުނެފައިވަނީ, ތިލަފުށި ޒޯން އޭއިން 50 ބިން ވިއްކުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. މި ބިންތަކުގެ ބޮޑު މިނަކީ 25،000 އިން ފެށިގެން 35،000 އަކަފޫޓެވެ. ބިމަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 1700 ރުފިޔާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކަށްވެސް ހުށަހެޅޭނެ ކަމަށާއި ބޭރުގެ ކުންފުންޏަކުން ބިން ގަންނަން ހުށަހަޅައިގެން ބިޑް ކާމިޔާބުކޮށްފިނަމަ އެ ފަރާތަކަށް ބިން ވިއްކުމުގެ ބަދަލުގައި ހަމަޖެހިފައިވަނީ ބިން 99 އަހަރަށް ކުއްޔަށް ދިނުން ކަމަށެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެނަމަ ބިން މިލްކުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް ތިލަފުށި ފޭސް ދޭކުން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ބިން ގަތުމަށް ހުށައެޅޭނެއެވެ.


