މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
22 ފެބުރުއަރީ 2023 - 18:31
ކުޅިވަރުން އަނިޔާލިބޭ މީހުންނަށް ޚާއްޞަ ކްލިނިކެއް މަލޭގައި ހުޅުވައިފި
ހުޅުމާލޭގައި ހިންގަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން ހިންގާ ޕިޒިއޯތެރަޕީއަށް ޚާއްޞަ މި ކްލިނިކް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް
TTH Clinic is now officially open in Male’, at Ma Champa Villa. Offering Sports Therapy, Pain Management, Post-Operative Rehabilitation, Occupational Therapy services and more.
For bookings and more information, please contact 3351610 or email care@treetophospital.com#tthc pic.twitter.com/QCRo3Fmm06— Tree Top Hospital (@treetophospital) February 22, 2023
އެކި ކަހަލަ ތެރަޕީތަކާއި، ޚާއްޞަކޮށް ކުޅިވަރުން ލިބޭ އަނިޔާތަކަށް ޚާއްޞަ ސްޕޯޓްސް ތެރަޕީ އެ ކްލިނިކުން ލިބޭނެ
ތުޅާދޫގެ މަގަކަށް ޝަހީދު ހުސެއިން މުހައްމަދުގެ ނަން
ތުޅާދޫގެ މަގަކަށް ޝަހީދު ހުސައިން މުހައްމަދުގެ ނަމުން ނަން ކިޔުމަށް އެރަށު ކައުންސިލުން ނިންމީ މިފެބްރުއަރީ މަހު ބޭއްވި ކައުންސިލްގެ 4 ވަނަ ދައުރުގެ 116 ވަނަ ޖަލްސާގައި
ޝަހީދު ހުސެއިން މުހައްމަދުގެ ނަން ކިޔާފައިވަނީ އެރަށުގައި އަލަށް ހިއްކި ސަރަހައްދުގައި އޮންނަ އެންމެ ބޮޑުމަގަށް
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަމަހު 8ގައި
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަމަހުގެ 8 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފި
މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ބައިވެރިވެވޭނެ
ލެބް އިކުއިޕްމެންޓް ކަލިބްރޭޝަންގެ ހިދުމަތް އެމްޑަބްލިޔުއެސްސީން ފަށައިފި
We have launched Laboratory Equipment Calibration Services for the first time in Maldives. The service was launched by the @MoFMRAmv Dr. Hussain Rasheed Hassan, at a special function held at MWSC. pic.twitter.com/9zouWUGlAv— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) February 22, 2023
އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން
އެމްޑަބްލިޔުއެސްސީން ބުނި ގޮތުގައި ރާއްޖޭގައި މުޅިން އަލަށް ފަށާ މި ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނީ ތަމްރީނު ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުވައްޒަފުންނާ އެކުގައި
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓް ހައެއްގައި
އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އެކެޑަމިކް ކަލަންޑަރުގައިވާ ގޮތުގައި އޯގަސްޓް މަހުގެ ހަވަނަ ދުވަހު އާ އަހަރުގެ ކިޔެވުން ފެށޭއިރު، އެ މަހުގެ ދެ ވަނަ ދުވަހު ޓީޗަރުން ސްކޫލަށް ނުކުންނަން ޖެހޭ
ގްރޭޑް 11 ގެ ދަރިވަރުންގެ ކިޔެވުން ފެށޭނީ ސެޕްޓެމްބަރު 18 ވަނަ ދުވަހު


