Skip to content
Maldives calendar. Today: Maldives calendar

އަންނަމަހު މޯލްޑިވިއަނުން ކޮޗިންއަށް ދަތުރުތައް ފަށަނީ

އަންނަ މަހުގެ 1 އިން ފެށިގެން އިންޑިއާގެ ކޮޗިންއަށް މޯލްޑިވިއަންގެ ދަތުރުތަށް ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވިއަންއިން ބުނީ މިދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށެވެ.
މޯލްޑިވިއަންއިން މައުލޫމާތު ދިން ގޮތުގައި ފްލައިޓުތައް ފަށާއިރު، ރިޓާން ޓިކެޓުގެ އަގުތައް އުޅޭނީ ކޮޅަކަށް 2313ރ. އިން ފެށިގެން ކަމަށެވެ. އެކުންފުނިން ވަނީ މިހާރުން ފެށިގެން ޓިކެޓު ބުކް ކުރުމަށް ހުޅުވާލާފައެވެ.

ކޯވިޑް-19 އާއި އެކު މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ހުއްޓުމަކަށް އައެވެ. ނަމަވެސް މޯލްޑިވިއަނުން އަންނަނީ މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް އަލުން ފަށަމުންނެވެ. އެގޮތުން މިހާރުވެސް ބަނގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަނުން އަންނަނީ ދަތުރުކުރަމުންނެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz