Skip to content
Maldives calendar. Today: Maldives calendar

މިމަހުގެ 5 ވަނަ ދުވަހުގެ ފަހުން ކޮޅުފުށިން ރަށްރަށައްދިޔަ މީހުން އެކަން އަންގަން އެދިއްޖެ

މި މަހުގެ ފަސްވަނަ ދުވަހުގެ ފަހުން، މ. ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާނަމަ އެކަން އެންގުމަށް އެޗްޕީއޭއިން އެދެފިއެވެ.

އެޗްޕީއޭ އިން ބުނީ ޖެނުއަރީ ފަހެއްގެ ފަހުން މ ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާނަމަ ވީ އެންމެ އަވަހަކަށް، އެރަށެއްގެ ހޮސްޕިޓަކަށް ނުވަތަ ހެލްތު ސެންޓަރަކަށް އަންގަން އެދޭ ކަމަށެވެ. އަދި މި މުއްދަތުގައި ކޮޅުފުށިން މާލެ އަށް އައިސްފައިވާ މީހެއްނަމަ 1676 އަށް ގުޅައި ހިއްސާކުރަންވެސް ވަނީ އެދިފައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

މިމަހުގެ 5 ވަނަ ދުވަހުން ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނު ވުމަށާއި، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އެ މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަމަވެފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ހޯމް ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން އެ ރަށް މިހާރު އޮތީ މޮނީޓަރިންގައެވެ.