Skip to content
Maldives calendar. Today: Maldives calendar

ކޯވިޑް ހުއްޓުވުމުގައި ރާއްޖެ 25 ވަނައިގައި

.ކޮވިޑް-19 ގެ ހާލަތު ރަނގަޅަށް މެނޭޖްކުރި ޤައުމުތަކުގެ 25 ވަނަ ރާއްޖެއަށް ލިބިއްޖެ އެވެ
އޮސްޓްރޭލިއާގެ ލޮވީ އިންސްޓިޓިއުޓުން ނެރުނު އިންޑެކްސްގައި 98 ޤައުމަކާއި ވާދަކޮށް ރާއްޖެއަށް ވަނީ ލިސްޓުގެ 25 ވަނަ ލިބިފައެވެ. މި ލިސްޓުގައި 25 ވަނަ ރާއްޖެއަށް ލިބިފައިވަނީ 61 ޕަސެންޓް ހޯދައިގެންނެވެ

އޮސްޓްރޭލިއާގެ ލޮވީ އިންސްޓިޓިއުޓަކީ އެކި ދާއިރާތަކުން ރިސާޗް ހަދާ އިންސްޓިޓިއުޓެކެވެ. އެ އިންސްޓިޓިއުޓްއިން ހެދި މި ރޭންކިންގައި 1 ވަނަ ލިބިފައިވަނީ ނިއުޒިލޭންޑަށެވެ
މި ރޭންކިންގައި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ކުރީގައި އޮތީ ސްރީލަންކާއެވެ. ސްރީލަންކާ އޮތީ ރޭންކިންގެ 10 ވަނައިގައެވެ

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

ރޭންކިންގެ އެންމެ ފަހަތުގައި އޮތީ ބްރެޒިލް އާއި އެމެރިކާ އާއި މެކްސިކޯގެ އިތުރުން އީރާން އެވެ
ރޭންކިންގައި ޕޮއިންޓްދޭ ގޮތައް ބަލާއިރު މަރުވި މީހުން މަދުވުމާއި ކޮވިޑް-19 އަށް ޓެސްޓްކުރާ އަދަދު އަދި ޕޮޒިޓިވްވާ މީހުންގެ އަދަދު އާބާދީގެ ނިސްބަތުން މަދުކަމުގެ މައްޗަށް ވަނީ ބަލާފައެވެ.