Skip to content
Maldives calendar. Today: Maldives calendar

ޗައިނާއިން އުފެއްދި ކޯވިޑް ވެކްސިންގެ 5000 ޑޯޒް ރާއްޖެއަށް ލިބިއްޖެ

ޗައިނާ އިން އުފެއްދި، ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ރާއްޖެއަށް ލިބިފައިވާކަމަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޗައިނާގެ ވެކްސިންގެ 5000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ހެޔޮއެދޭ ފަރާތަކުންކަމަށެވެ. މި ވެކްސިން މިހާރު ހުރީ ރާއްޖޭގައިކަމަށް ނަޒްލާ ވިދާޅުވިއެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

ވެކްސިން ޖަހަން ފަށާނީ ވެކްސިން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހުއްދަ ދިނުމުންނެވެ.

ސައިނޯފާމް ވެކްސިނަކީ ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ.

ޗައިނާއިން ދަނީ އެގައުމުގެ ސައިނޯވެކް އާއި ސައިނޯފާމްއިން އުފެއްދި ކޮވިޑް ވެކްސިން މީހުންގެ ގަޔަށް ޖަހަމުންނެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް 24 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާފަ އެވެ. ބައެއް ގައުމުތަކުން ދަނީ އެ ވެކްސިން ބޭނުން ކުރަމުންނެވެ. ބައެއް ގައުމުތަކުން އެތަށް މިލިއަން ޑޯޒެއްގެ ވެކްސިން ހޯދުމަށް ޗައިނާގައި އެދިފައިވެސްވެއެވެ.