Skip to content
Maldives calendar. Today: Maldives calendar

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރިއަށް އިންޑިއާ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމަކަށް އިންޑިއާ ވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 62960 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ 1 ވަނައަށް އިންޑިއާ ޖެހިލާފައިމިވަނީ ރަޝިއާ މާކެޓް ގިނަ ދުވަސްތަކެއް ވަންދެން މާކެޓްގެ 1 ވަނައިގައި އޮތުމަށްފަހު އެ މާކެޓް ފަހަތައް ޖައްސާލުމަށްފަހުގައެވެ.

ކޯވިޑް19ގެ ކުރިން އިންޑިއާއަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނައަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ނަމަވެސް ކޯވިޑް19 އަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް އިންޑިއާވުމުގެ ސަބަބުތައް ގިނައެވެ. އޭގެތެރޭގައި ރާއްޖެއާއި އިންޑިއާއާއިދެމެދު ޤާއިމްކޮށްފައިވަނީ ޓްރެވެލް ބަބުލްގެ ސަބަބުން އިންޑިއާގެ ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުފެށުން ހިމެނެއެވެ. މީގެއިރުން އިންޑިއާ ހައިކޮމިޝަނާއި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ ފަރާތްތަކުން އިންޑިއާގެ މާކެޓަށް ޙާއްސަކޮށްގެން ކުރިއަށްގެންދިޔަ ކެމްޕެއިންތަކުގެ ސަބަބުންވެސް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 52،720 ފަތުރުވެރިންނެވެ. 46،690 ފަތުރުވެރިންނާއިއެކު 4 ވަނައަށް މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ އިޓަލީގެ ފަތުރުވެރިންނެވެ.