Skip to content
Maldives calendar. Today: Maldives calendar

މުޅި އައްޑޫ ސިޓީ މޮނިޓަރިންއަށް ލައިފި

އައްޑޫ ސިޓީއަށް އަރާ ފޭބުން މަނާކޮށް މުޅި ސީޓީ މޮނިޓަރިންއަށް ލައިފިއެވެ.

އައްޑޫސިޓީ މޮނިޓަރިންއަށް ލާފައިވާކަން އެޗްޕިއޭއިން އައްޑޫސިޓީ ކައުންސިލަށް މިހާރު ވަނީ އަންގާފައެވެ. އައްޑޫގައި ޕޮޒިޓިވް ކޭސްތަކެއް ފެނުމާއިގުޅިގެން މިކަމާއި ގުޅިގެން އައްޑޫގެ ހުރިހާ އަވަށެއް ހިމެނޭ ގޮތަށް މޮނިޓަރިން އަށް ވަނީ ލާފައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

މިވަގުތު އައްޑޫގެ ދެ ސަރަހައްދަކުން ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ. އައްޑޫ ސިޓީގައި މިވަގުތު ޖުމްލަ 26 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެންމެ ފުރަތަމަ އެ ސިޓީގައި ޕޮޒިޓިވް ވެފައިވަނީ އައްޑޫސިޓީ ހުޅުދޫ-މީދޫއިން އެމްޓީސީސީ ސައިޓުގައި ތިބި ބަޔެކެވެ.

އައްޑޫސިޓީ މޮނިޓަރިން ހާލަތަށް ލުމަށް ފަހު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ރަށު ތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އައްޑޫ މޮނިޓަރިންއަށް ލީ ނަމަވެސް، އައްޑޫގެ އެތެރޭގެ އަވަށްތަކުގެ ދަތުރުފަތުރު ކުރެވޭނެއެވެ. ނަމަވެސް އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން އައްޑޫއިން އެހެން ސަރަހައްދުތަކަށް ދިއުމާއި އައުން ވަނީ މަނާކޮށްފައެވެ.