Skip to content
Maldives calendar. Today: Maldives calendar

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ޑާކާއަށް

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފިއެވެ. ކޯވިޑް19 ގެ ސަބަބުން މޯލްޑިވިއަންއިން ޑާކާއަށް ކުރަމުންއައި ޝެޑިއުލް ދަތުރުތައް ވަނީ މެދުކެނޑިފައެވެ.
މޯލްޑިވިއަންއިން ޑާކާއަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 3 ދަތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކު އާދިއްތަ އަންގާރަ އަދި ހުކުރު ދުވަހު ޑާކާ އަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ. އަދި ދަތުރުތަކަށް ބުކިސް ހެދުމަށް އެއެއަރއާލައިނުންން މިހާރުވަނީ ހުޅުވާލާފައެވެ.

ކޯވިޑް19 އަށްފަހު މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެ ކުންފުނިން ދަތުރުތައް ފުރަތަމަ ފަށާފައިވަނީވެސް ޑާކާއަށެވެ. ޑާކާ ދަތުރުތައް މޯލްޑިވިއަނުން ފެށީ އޮގަސްޓް 4 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު އެ އެއަރލައިނުން ވަނީ ޝެޑިއުލްކޮށް ޑާކާއަށް ދަތުރުކުރަން ނިންމާފައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ބޯޑަރު ހުޅުވާލުމާއިއެކު އިންޑިއާގެ ކޮޗިންއަށް ޝެޑިއުލް ދަތުރުތައް މޯލްޑިވިއަނުން މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ ކޯވިޑް19 ގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނާއި ކާބޯތަކެތި ގެނައުމަށް ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ޗާޓަރު ދަތުރުތަކެއްވެސް ކޮށްފައެވެ.