Skip to content
Maldives calendar. Today: Maldives calendar

ލަންޑަނާއި މެލޭޝިއާގައި ވޯޓުފޮށި ނުބެހެއްޓޭނެ – އިލެކްޝަން ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއާލަ ލަންޕޫރުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތާއި މެލޭޝިއާގައި ވޯޓު ފޮށި ބެހެއްޓުމުގެ ހުއްދަ ނުލިބޭކަން ޔަޤީންވެފައިވާކަމަށެވެ.
މެލޭޝިއާއާއި، އިނގިރޭސިވިލާތުގައި ކޯވިޑް-19 ދަނީ ބާރަށް ފެތުރެމުންނެވެ. އަދި އިނގިރޭސިވިލާތުން ވަނީ ކޯވިޑްގެ އައު ވޭރިއަންޓެއްވެސް ފެނިފައެވެ މި އައު ވޭރިއަންޓަކީ އެކަކުގައިން އަނެކަކުގަޔަށް ފެތުރުން އަވަސް ވޭރިއަންޓެކެވެ. މިއާއިއެކު އެ ޤައުމުގައި ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ދިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ގޮންޖެހުންތައް ހުރުމުން، އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މި ހަފްތާގައި ހުށައަޅުއްވާނެކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވަނީ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz