Skip to content
Maldives calendar. Today: Maldives calendar

ވެކްސިން ޓޫރިޒަމް ތައާރަފްކުރެވިއްޖެނަމަ ރާއްޖެއަށް ފައިދާ ކުރާނެ: މިނިސްޓަރ މައުސޫމް

ވެކްސިން ޓުރިޒަމް ކުރިއަށްގެންދާ ޤައުމަކަށް ރާއްޖެ ހަދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، ވެކްސިން ޓޫރިޒަމް ތައާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާވެސް ގެންގުޅުއްވާ ވިސްނުންފުޅެއްކަމަށާއި މިއީ ވަރަށް ތާއިދުކުރައްވާކަމެއްކަމަށެވެ. ވެކްސިން ޓުރިޒަމް ތަޢާރަފްކުރެވިއްޖެނަމަ ދިގު މުއްދަތަކަށް ފަތުރުވެރިން ރާއްޖޭގައި ތިބޭނެކަމަށާއި، އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެކަމަށެވެ. ވެކްސިން ފަތުރުވެރިކަން ތައާރަފްކުރެވިއްޖެނަމަ ފަތުރުވެރިން ރާއްޖޭގައި 3 ހަފްތާ ނުވަތަ 4 ހަފްތާ ތިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

މިކަން ކުރުމުގައި އަދި ގޮންޖެހުންތައް ހުރިކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ފުރަތަމަ ވެކްސިން ދިނުންކަމަށާއި، ދުނިޔޭގައިވެސް ވެކްސިން ލިބުމުގައި ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް ރާއްޖޭގެ ވެކްސިން ސްޓޮކަށް ބެއްލެވުމަށްފަހު އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ވަނީ ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައެވެ. މިނިސްޓަރ ވިދާޅުވީ، ވެކްސިން ދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމުގެ ބަދަލުގައި، ރިސޯޓްތަކަށް ވެކްސިން ފޮނުވައިގެން ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާކަމަށެވެ.