Skip to content
Maldives calendar. Today: Maldives calendar

އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތަކާ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ ހުރަސްތަކާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ހަމަހަމަކަމާއެކު ކެންޕެއިން ކުރުމުގެ ފުރުސަތު އެގައިޑުލައިނުގެ ތެރެއިން ނުލިބުމާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަނަށް ޖެހުމާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކައިރި ރަށްތަކަށް ވޯޓުލާން ދެވޭނޭ ގޮތް ނެތުން ހިމެނެއެވެ. އިލެކްޝަން ކޮމިޝަނުން މަޖިލީހަށް ހުށަހެޅި ގިނަ ކަންބޮޑުވުންތަކަކީ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅައި ޢާންމުކޮށްފައިވާ ގައިޑްލައިނުގައިހުރި ކަންބޮޑުވުންތަކެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދުބުންނަށާއި، މޮނިޓަރުންނަށާއި، އޮބްޒާވަރުންނަށް ތިބުމުގެ ފުސަތު ނުލިބުމުގެ ކަންބޮޑުބުންވެސް އީސީން ވަނީ ހުށަހަޅާފައެވެ. އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ވޯޓްފޮށިތައް ބަހައްޓަން ޖެހުމާއި، އޮފިޝަލުން ނަގަން ޖެހުމަކީ އިތުރަށް ބަޖެޓްބޭނުންވާ ކަންތައްތަކެއްގެ ގޮތުގައި އިލެކްޝަނުން ފާހަގަކޮށްފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވަނީ އަންނަ އެފްރީލް މަހުގެ 10 ވަނަ ދުވަހަށެވެ.