Skip to content
Maldives calendar. Today: Maldives calendar

ޕޮލެންޑާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި

ޕޮލެންޑާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ. ޕޮލެންޑުގެ ޤައުމީ އެއަރލައިން ލޮޓް ޕޮލިޝްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ލޮޓް ޕޮލިޝްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޕޮލެންޑްގެ ވެރިރަށް ވޯރސޯ އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ހުކުރު ދުވަހު އައި އެ އެއަރލައިންގެ ފުރަތަމަ ދަތުރުގައި ރާއްޖެއަށް 294 ފަސިންޖަރުން ވަނީ އައިސްފައެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

ލޮޓް ޕޮލިޝްއިން ރާއްޖެއަށް 5 ޗާޓަރޑް ދަތުރުކުރާނެއެވެ. މި ދަތުރުތައް ކުރާނީ އަންނަ މާރޗް މަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރަނީ ޓްރެވަލް އޭޖެންސީ ސަން އޯޝަން މޯލްޑިވްސް މެދުވެރިކޮށެވެ.

މިހާރުވެސް ރާއްޖެއަށް ބައިނަލްއަޤްވާމީ 28 އެއަރލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

ޕޮލެންޑްގެ ޤައުމީ އެއަރލައިންއިން ރާއްޖެއަށް ކުރާ މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.