Skip to content
Maldives calendar. Today: Maldives calendar

30 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފި

އެޗްއީއޯސީން ވިދާޅުވީ، މިއަދުން ފެށިގެން 30 އަހަރުން މަތީގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ކުރިން ވެކްސިން ޖަހަމުން އައީ 35 އަހަރުން މަތީގެ މީހުންނަށާއި އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. އެޗްއީއޯސީން އަންނަނީ އެކި ކެޓަގަރީ ތަކުގެ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލަމުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 80،000 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ. މާލެ ސަރަހައްދުން މިއަދު ވެކްސިން ދިން 4،409 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،588 މީހެކެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

ރާއްޖޭގައި މިވަގުތު ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކުރި 1 ލައްކަ ޑޯޒްގެ ކޮވިޝިލްޑް ވެކްސިންއެވެ. ކޮންމެ މީހަކަށް ވެކްސިންގެ 2 ޑޯޒް ޖަހަންޖެހޭއިރު ރާއްޖެއަށް އިތުރު ވެކްސިން ޑޯޒްތައް ލިބޭނެކަން ކަށަވަރުވެފައިވާތީ 1 ލައްކަ މީހުންނަށް މި ވެކްސިންއިން ފުރަތަމަ ޑޯޒް ދިނުމަށް ވަނީ ނިންމާފައެވެ. 2 ވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދޭތާ 8 ހަފްތާ ފަހުންނެވެ.