Skip to content
Maldives calendar. Today: Maldives calendar

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފި

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލިޔެކިޔުން ނެތް މީހުންނަށް އިސްލާމީ މަރުކަޒުގައި މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. މިމަހުގެ 20 ވަނަ ދުވަހު ރެޑްކްރެސެންޓުން ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލިޔެކިޔުން ނެތް މީހުން ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

ރެޑްކްރެސެންޓުންވަނީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމަންޓް ހެދުމަށް 3307665 ގުޅުމަށް އިލްތިމާސްކޮށްފައެވެ.

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދިވެހި ރެޑް ކްރެސެންޓުގެ ބެނިފިޝަރީ ސިސްޓަމްގައި އެފަރާތްތައް ރަޖިސްޓްރީކޮށްގެންނެވެ. އަދި މިކަން ކުރުމުގައި މައިގަނޑު ވިސްނުމަކީ އެޕޮއިންޓްމަންޓް އުޞޫލުން ދުވާލަކު 250 މީހުން ރަޖިސްޓްރީކުރުން ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ޑޮކިއުމެންޓޭޝަން ނެތި އުޅޭ ފަރާތްތަކަށް ބިދޭސީން ގެންގުޅޭ ކުންފުނިތައް މެދުވެރިކޮށްވެސް ރަޖިސްޓްރީވެ ވެކްސިން ޖެހޭނެ ކަމަށް ރެޑްކްރެސެންޓުން މަޢުލޫމާތުދެއެވެ.