Skip to content
Maldives calendar. Today: Maldives calendar

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މިއީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއަރ ޓްރެވެލް ބަބުލްގެ ދަށުން ފަށާ ދަތުރުތަކެކެވެ. ވިސްތާރާގެ ދަތުރުތައް ހަފްތާ އަކު ތިންދުވަހު ރާއްޖެއާއި މުންބާއީއާއި ދެމެދު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ހަފްތާގެ ބުދަ، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.

advertisementAdvertisement: bankofmaldives.com.mv
advertisementAdvertisement: thehawks.biz

ވިސްތާރާގައި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތަކަށް ދެކޮޅު ޓިކެޓުގެ އަގު އުޅޭނީ 227 ޑޮލަރަށެވެ. ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެއަރލައިންގެ ވެބްސައިޓުންނާއި، އޮންލައިން ޓެރެވެލް އެޖެންސީތައް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއަރ ޓްރެވެލް ބަބުލްގެ ދަށުން މިހާތަނަށް އެ ޤައުމުގެ ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތައް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީވެސް އިންޑިއާއިންއެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވަނީ 45636 ފަތުރުވެރިން އައިސްފައެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކީވެސް އިންޑިއާއެވެ. އެއީ 62960 ފަތުރުވެރިންނެވެ.