Skip to content
Maldives calendar. Today: Maldives calendar

ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 157000 އިން މައްޗަށް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 157،813 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 6،170 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 2،186 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 3،984 މީހެކެވެ.

advertisementAdvertisement: thehawks.biz
advertisementAdvertisement: bankofmaldives.com.mv

މިހާތަނަށް މާލެ ސަރަހައްދުން 91،279 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 66،534 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިހާރު 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ ބަލި މީހުންނަށްވެސް ވެކްސިން ދެއެވެ.

ރާއްޖޭގައި ޖަހަނީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ކޮވިޝީލްޑް ވެކްސިނެވެ. މިއީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިނެކެވެ. އިންޑިއިން ވަނީ ރާއްޖެއަށް ކޮވިޝިލްޑްގެ 2 ލައްކަ ޑޯޒް ހަދިޔާކޮށްފައެވެ.